އެމްޑީޕީގެ ބައެއް ދާއިރާތަކުގެ އިންތިޙާބު މާދަމާ ކުރިޔަށް ދާނެ

މި ޕާޓީގެ ބައެއް ދާއިރާތަކުގެ ހުސްވެފައިވާ މަޤާމްތަކަށް މީހުން އިންތިޚާބުކުރުން މާދަމާ (8 މާޗް 2013) ވާ ހުކުރު ދުވަހު ކުރިޔަށް ދާނެއެވެ.

މިއިންތިހާބު ތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް (ކެންޑިޑޭޓް ނަންބަރު ތަރުތީބުން) ތިރީގައި މިވަނީ އެވެ. އަދި މި އިންތިޚާބް ތަކުގައި ވޯޓް ލެވޭނީ ޕާޓީގެ އިންތިހާބާއި ބެހޭޤަވާއިދުގެ 5.2 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން 31 ޖެނުއަރީ 2013 ވަނަ ދުވަހާ ހަމައަށް މިޕާޓީގައި ރަޖިސްޓަރީވެ މެންބަރުންގެ ގޮތުގައި ދެމިތިއްބަވާ ބޭފުޅުންނަށެވެ.

ހޯރަފުށީ ދާއިރާގެ ރައީސް

1. ޢަލީ ރިޔާޟް ، މުރިނގު ހއ ހޯރަފުށި

ކުޅުދުށްފުށި ދެކުނު ދާއިރާގެ ރައީސް

1. ހަސަން ޝުޖާއު، މ. ޗާންދަނީމާގެ، މާލެ.

ދިއްގަރު ދާއިރާގެ ރައީސް

1. ޠާހާ މުހައްމަދު، މ،ހުވަނދު ގަދަކޯޅިގެ، މާލެ

ދިއްގަރު ދާއިރާގެ ސެކްރެޓަރީ

1. ޒިރާރު އަހުމަދު، އެއްގަމުގެ. މ.ދިއްގަރު.

ދިއްގަރު ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ

1. އަހުމަދު ނިޝާން ފެސްކޯ، މ.ދިއްގަރު

ދިއްގަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު

1. މުހައްމަދު ޝަފީގު، މިރުސްމާގެ، މ.ވޭވަށް

މާފަންނު ދެކުނު ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ

1. މުހައްމަދު ރިޝާން އިލްޔާސް، މ،ނަކާ، މާލެ

ފުވައްމުލަކު މެދު ދާއިރާގެ ސެކްރެޓަރީ

.1 ޢަލީ އިއްޒަތު، އޯކަމް. ޏ ފުވައްމުލައް