ރައީސް ނަޝީދަށް ތާއީދު ހޯދުމަށް ކުރާ “ދޭތިން ފަހެތި” ކެމްޕެއިން ދަތުރުތައް ހުއްޓާލަނީ

Boduthiladhunmathi Vaudhuge Dhathuru

ރައީސް ނަޝީދުގެ ދޫކޮށްލުމަށް އެދި އެމްޑީޕީއަށާއި އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތައް މަގުމައްޗަށް ނިކުމެ އިޚްތިޖާޖް ކުރާ މި ދަނޑިވަޅުގައި ޕާޓީގެ އެހެން އެއްވެސް ހަރަކާތެއް ކުރިޔަށް ގެންދިއުމަށް އުދަގޫވާނެތީ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރުތައް މިވަގުތަށް ހުއްޓާލައިފައިވާކަމަށް މިޕާޓީގެ ޗައަރޕާސަންގެ ނައިބު އިދާރި އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

އަލީ ޝިޔާމް ވިދާޅުވީ، މިވަގުތު މިވަނީ ޝަރިއްޔަތަށް ހުށަހެޅުމަށޭ ބުނެ ހުޅުމާލޭ ކޯޓޭކިޔާ ޤައިރު ޤާނޫނީ ކޯޓަކުން އަމުރު ނެރެ ރައީސް ނަޝީދު ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ކަމަށާއި، މި ދަނޑިވަޅުގައި ޕާޓީގެ އިތުރު ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވާނޭ ކަމަށެވެ.

އެމްޑީޕީއިން ދެކޭ ގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަކަމެއްނެތް، ސިޔާސީ ބޭނުންތަކަށްޓަކައި، ޤާނޫން އަސާސީއާ ޤާނޫންތަކާއި ޚިލާފަށް، ޖުޑިޝަލް ސަރވިސް ކޮމިޝަނުން އުފައްދައިގެން އުޅޭ ކޯޓެއްކަމާއި، އަދި އެކޯޓުގެ ބެންޗު އެކުލަވާލާފައި ވަނީ ވެސް ޤާނޫނު އަސާސީއާ ޤާނޫނު ތަކާ ހިލާފަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ 31700 މެމްބަރުންގެ ވޯޓުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ހޮވައިފައިވާ ގ. ކެނެރީގެ މުޙަންމަދު ނަޝީދަށް ބައިވެރި ނުވެވޭ ގޮތަށް ނިންމާ އިންތިޙާބެއްގައި އެމްޑީޕީއިން ބައިވެރި ނުވާނެކަމަށް 17 ޖުލައި 2012ގައި ޕާޓީގެ ޤައުމީ މަޖްލީހުގެ ޤަރާރަކުން ފާސްކޮށްފައިވެއެވެ.