ނޫސްބަޔާން: ރައީސް ނަޝީދު ސިޔާސީ މަޤްޞަދެއްގައި ހައްޔަރުކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކުރަން

noosbayan

ނަންބަރު:MDP-2013-PR-25
ތާރީޚް: 05 މާރޗް 2013 (އަންގާރަ)

ރައީސް ނަޝީދު ސިޔާސީ މަޤްޞަދެއްގައި ހައްޔަރުކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކުރަން

ރައީސް ނަޝީދު ސިޔާސީ މަޤްޞަދެއްގައި ހައްޔަރުކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކުރަމެވެ.

ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ގާތްގަނޑަކަށް 13.45 ގައި މާލޭގެ މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަތިޔާރު ހިފައިގެން، މޫނު ނިވާކޮށްގެންތިބި ގިނަ އަދަދެއްގެ ފުލުހުން ވެގެންނެނެވެ. އެމީހުންނަކީ ކޮންބައެއްކަމެއް އަންގައިދީފައި ނުވާހިނދު، ހައްޔަރުކުރުމަށް ކޯޓް އަމުރެއް، ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރެއްވެސް ދައްކައިދީފައެއް ނުވެއެވެ. ނަޝީދުގެ ޤާނޫނީ ވަކީލުންނަކަށްވެސް އޭނާ ހައްޔަރުކުރިކަމެއް ނުވަތަ ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުނުކަމެއް އަންގަވާފައެއް ނުވެއެވެ.

ރައީސް ނަޝީދު ގެންގޮސްފައިވަނީ ދޫނިދޫ ޖަލަށެވެ. މިއީ އޭނާއަށް މައުމޫނު ދައުރުގައި އަނިޔާ ކޮށްފައިވާ ތަނެވެ.

ރައީސް ނަޝީދުގެ ހައްޔަރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމް.ޑީ.ޕީ. ގެ އިންޓަރނެޝަނަލް ސްޕޯކްސްޕަރސަން ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ “ބައިނަލް އަޤްވާމީ މުޖްތަމަޢަށް ކިތަންމެ ވަރަކަށް ކަށަވަރުކޮށްދިންކަމުގައިވިޔަސް، ޑރ. ވަހީދު އަނެއްކާވެސް މިވަނީ އޭނާއަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިތުބާރު ނުކުރެވޭނެކަން ސާބިތުކޮށްދީފައެވެ.”

“ނަޝީދު ހުންނަވަންޖެހެނީ ކެމްޕެއިން ދަތުރުފުޅެއްގައެވެ. ނަމަވެސް އޭނާ މިވަނީ ޖަލަށްލައި ނިކަމެތިވެފައެވެ.”

“ރައީސް ނަޝީދު ހައްޔަރުކުރެވިފައި މިވަނީ އޭނާގެ މައްސަލަ ބަލަން އެކުލަވާލި ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ ޤާނޫނީ ހަމައެއް ނެތިކަމަށް ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ މިނިވަންކަމާބެހޭ އ.ދ.ގެ ސްޕެޝަލް ރެޕެޓުއާ ގެބްރިއެލާ ނޯލް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.”

“ޑރ. ވަޙީދު، ޝަރުއީ ދާއިރާގެ ތެރޭގައިވާ އޭނާގެ ރައްޓެހިންނާއެކު، ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމަށް ހުރަސްއެޅުމަށް އޮތް ހުރިހާ ކަމެއް އެބަ ކުރައްވައެވެ.”

ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޯޓު ޤާއިމުކުރި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި “ސިޔާސީ ކުލަ” ޖެހިފައިވާ ކަމަށާއި ކޮމިޝަނަށް “ބޭރުގެ ނުފޫޒު ފޯރުވާ” ކަމަށް އ.ދ ގެ ސްޕެޝަލް ރެޕަޓުއާ ވިދާޅުވެފައިވެއެވެ.

އެޑިޓަރުންނަށް ނޯޓްތައް:
ޖުޑީޝަލް ސަރވިސް ކޮމިޝަނާ ބެހޭގޮތުން އ.ދ. ގެ ސްޕެޝަލް ރެޕަޓުއާގެ ކޮމެންޓްތައް ބައްލަވައިލެއްވުމަށް http://www.ohchr.org/en/NewsEvents/Pages/DisplayNews.aspx?NewsID=13047&LangID=E

ރައީސް ނަޝީދުގެ ޝަރީޢަތް ހިންގުމަށް ތިއްބެވި ފަނޑިޔާރުންނާ ބެހޭގޮތުން އ.ދ. ގެ ސްޕެޝަލް ރެޕަޓުއާގެ ކޮމެންޓްތައް ބައްލަވައިލެއްވުމަށް:
http://minivannews.com/politics/un-special-rapporteur-criticises-arbitrary-appointment-of-judges-in-nasheed-trial-53746

ނިމުނީ


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
މިއީ އެމްޑީޕީއިން މިއަދު ނެރުނު އިނގިރޭސި ނޫސް ބަޔާނުގެ ތަރްޖަމާއެއް