ރައީސް ނަޝީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ހުޅުމާލޭ ކޯޓޭ ކިޔުނުތަނަކަށް އެމަނިކުފާނު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަނިކުފާނު ހައްޔަރުކޮށްގެން، ދޫނިދޫއަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އެމަނިކުފާ ހައްޔަރުކުރީ ލިލީމަގުން ސީއެޗްއެސްއީ ކައިރިންނެވެ.

މީގެ ކުރިން ވައުދުގެ ދަތުރުގައި ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ފުލުހުން ގޮސް އެ މަނިކުފާނު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެ.

ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފްވެ އަދި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރާ މަސައްކަތާއި ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެމަނިކުފާނަށް ތާޢީދު ކުރާ ހުރިހާ ފަރާތްތަކެއް ގ. ކެނެރީގޭ ކުރިމައްޗަށް ދިއުމަށް ޕާޓީން އެދެއެވެ.