ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހަދާ ދިވެހި ރައްޔިތުންގެ އިޙްތިޖާޖް ކުރިޔަށް

majilis040313 (61)

ދިވެހިރައްޔިތުންގެ އެތައް ބަޔަކު މިއަދު ހެނދުނުން ފެށިގެން ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހެދުމުގެގޮތުން ދަނީ އިޙްތިޖާޖްތައް ކުރަމުންނެވެ.

މަޖީދިއްޔާ ސްކޫލް ކަންމަތި ސޯސަންމަގުގައި އެއްވެފައި ތިބި އެންމެން ހަރު އަޑުން ގޮވަމުން ދަނީ ބާޣީ ވަޙީދު ރިޔާސީ ބަޔާން އިއްވުމާ އިދިކޮޅު އެތައް ގޮވެލިތަކެވެ. މި ގޮތުން އެމީހުން އަޑު ހަރުކުރަމުން ގޮވަނީ ، “ބާޣީ ވަޙީދު ފައިބާ ތީ އަހަރުމެން ޤަބޫލު ކުރާ މީހެއްނޫން.” ރައިތުންގެ މަޖްލީސް ހިސޯރު ނުކުރޭ.” މިފަދަ ގޮވުންތަކެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙަންމަދު ވިދާޅުވީ، “އަޅުގަނޑުމެން މިއަދު ނިކުމެ މިތިބީ ބަޣާވާތަކުން ވެރިކަމަށް އަރާ ހުރި މީހާ ރިޔާސީ ބަޔާން އިއްވަން އުޅޭތީ މި ކަމާ އިޙްތިޖާޖް ކުރުމަށް އަދި އަޅުގަނޑުމެންގެ މަޖްލިސް މެމްބަރުން އެކުރައްވާ މުހިންމު މަސައްކަތަށް ހިތްވަރުދީ އެބޭފުޅުންނާއެކު. އަޅުގަނޑުމެންނާ އެކު އިޙްތިޖާޖް ކުރުމަށް މަގުމަތީގަ ހަރަކާތްތެރިވާ އެންމެންނަކީ ވަރުބަލިކަމެއްނެތި ބާޣީ ސަރުކާރަށް ނުރުހުމުގެ އަޑު އުފުލާ ބައެއް. އެގޮތުން މިއަދު ވެސް މިހުރިހާ މީހުން މިތިބީ އެކުގާ އެއްފިކުރެއްގައި ނިކުމެ އަޅުގަނޑުމެންގެ މަޖްލިސް މެމްބަރުންނާއެކުގައެވެ. އަދި އަޅުގަނޑުމެންގެ މަޖްލީސް މެމްބަރުންގެ މަސައްކަތުން މިއަދު މަޖްލީސް ފެށުނު ފަހުން މެންދުރުފަހުގެ 2 ޖެހުމާ ދޭތެރޭ 6 ފަހަރު މަތިން އުޅެވެސް ބާޣީ ވަހީދަށް ވަނީ ބަޔާން ނީންވިކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކޮށްލަން.”

މިއަދުގެ މި އިޙްތިޖާޖް ތައް ހުއްޓާލާނީ މަޖްލީސް ނިމުމުންކަމަށް އެއްވެތިބި ބީހުން ބުނަމުންދެއެވެ.