ނޫސްބަޔާން: އެމްޑީޕީ ވައިކަރަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

noosbayan

ވައިކަރަދޫ ދާއިރާ
މޯލްޑިއަން ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)

ނޫސްބަޔާން

ބަގާވަތްކޮށް، ދިވެހި ދައުލަތް ހިޞާރުކޮށްގެން އުޅޭ މީހަކު ދިވެހި ރައްޔިތުންގެ ޤާނޫން އަސާސީ މުގުރާލައި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ނުވެވޭ މީހަކު މިއަދު ގަދަކަމުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުގެ ބޭނުންހިފައި، ވަހީދު ހަސަން މަނިކު އިސްވެހުރެ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހުރުމަތް ކަނޑައި އެމަޖިލީހުގެ މެމްބަރުންގެ ގަޔަށް އަތްލައި އަނިޔާކުރަމުންގެންދާތީ، އެހަޑިމުޑުދާރު ނާތަހުޒީބީ އަމަލު މިދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

މިފުރުޞަތުގައި ޤާނޫނީ ވެރިކަމަކަށް އެދި ގޮވަމުންގެންދާ، ގަދަހިތްވަރާއި އެކު އިހްތިޖާޖް ކުރަމުންދާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

މިއަދު ހިގަމުންމިދާ އިހްތިޖާޖު ތަކަކީ ރާއްޖޭގެ އަންނަންއޮތް ޖީލުތަކަށް ހެޔޮގޮތް ހޯއްދަވައި ދެއްވުމުގެ ހެޔޮނިޔަތުގައި ކުރާކަމެއްކަމުގައި މިދާއިރާއިން ދެކި މިދާއިރާގެ ރައްޔިތުންވެސް ބަގާވާތުގެ ބަޔާނެއް އަޑު އަހަން ބޭނުން ނުވާ ކަމަށާއި ވަހީދު ހަސަން މަނިކު އިސްތިއުފާ ދިނުމަށާއި އިންތިގާލީ ސަރުކާރެއްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލަމެވެ.

04 މާރޗް 2013


ބަޔާން ނެރުނީ: ވައިކަރަދޫ ދާއިރާގެ ރައީސް، އަޙްމަދު ޙާޝިމް.