އިއުލާނު: ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު 2013

iulaan

MDP/2013/I-011

ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު 2013

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު 28 މާރޗް 2013 ވާ ބުރާސްފަތިދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ

ވީމާ މި އިންތިޚާބުގައި، ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން 15 މާރޗް 2013 ވާ ހުކުރު ދުވަހުގެ 1500 ގެ ކުރިން، އެކަން ލިޔުމަކުން އެމްޑީޕީގެ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.


ރައީސް (ބޭނުންވާ ޢަދަދު: 1)
ނައިބު ރައީސް (ބޭނުންވާ ޢަދަދު: 2)
ސެކްރެޓަރީ ޖެނެރަލް (ބޭނުންވާ ޢަދަދު: 1)
ސެކްރެޓަރީ ޖެނެރަލްގެ ނައިބު (ބޭނުންވާ ޢަދަދު: 1)
ވިޕުން (ބޭނުންވާ ޢަދަދު: 3)

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
1 މާރޗް 2013