ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އަލްއުސްތާޛު ޙުސްނުއްސުޢޫދު ހަމަޖައްސަވައިފި

12 ޖުލައި 2010

hep-suood

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު އަލުން ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު ޙުސްނުއްސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން އަލްއުސްތާޛު ޙުސްނުއްސުޢޫދާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން ޢާއިލާއާބެހޭ ކޯޓުގެ ޤާޒީ ޙަސަން ސަޢީދުގެ ކުރިމަތީގައި، އަލްއުސްތާޛު ޙުސްނުއްސުޢޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ ކުރެއްވިއެވެ.