ތަހުނިޔާ ދެންނެވުން: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ އަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ދެންނެވުން

11 ޖުލައި 2010

alhaaan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް ކޮމިޓީގެ މެންބަރު، އަލްހާން ފަހުމީ އަށް މިޖުލައި މަހުގެ 9 ވަނަ ދުވަހު، ފިރިހެން ދަރިކަލަކު ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް، އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަދި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަމުގައި ތަހުނިޔާ ދަންނަވަމެވެ.