ހެންވޭރު ދެކުނު ދާއިރާގެ “ވައުދާ ހިނގުން” މިއަދުވެސް ކުރިޔަށް ދަނީ

vaudhaa hingun henvaaru dhekunu 2522013 p2 (4)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑޯޓުޑޯ ކެމްޕެއިން “ވަޢުދާއި ހިނގުން” ހެންވޭރު ދެކުނު ދާއިރާގަ މިއަދުވެސް ކުރިޔަށް އެބަދެއެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ދޮރުން ދޮރަށް ހިނގުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ދާއިރު މި ހަރަކާތުގައި އެމް.ޑީ.ޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެމް.ޑީ.ޕީއިން ހެންވޭރު ދެކުނު ދާއިރާގަ އިއްޔެ ފެއްޓީ މި ދޮރުން ދޮރަށް ހިނގުމުގައި މިއަދު މެންދުރާ ހިސާބަށް، އެ ދާއިރާގެ %25 ގެއަށް ވަނީ ވަދެވިފައެވެ. ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސެން ޝަހީމް ވިދާޅުވިގޮތުގައި، “މިހާރު މި ދާއިރާއިން މިފެންނަނީ ކުރިޔަށް ވުރެވެސް މާބޮޑަށްހިތްހަމަޖެހުން ލިބޭ މަންޒަރުތަކެއް. މިހާތަނަށް ވަދެވުނެ ގެތަކުގެ ތެރެއިން މި ދާއިރާގައި އަޅުގަނޑުމެންގެ ޕާޓީއަށް ލިބޭ ތާއީދު ވަރަށް ބޮޑު ޕަސަންޓްއެއް އިތުރުވެފަވާކަން ފާހަގަކުރެވިއްޖެ. ވަރަށް މަދުގެއެއް ނޫނީ މުޅީންވެސް މިހުރީ އެމް.ޑީ.ޕީ ރީނދޫ ގޭގެ.”

ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުން މިދާ މަސައްކަތުގައި، ހެންވޭރު ދެކުނު ދާއިރާގެ ކަންމަތީ ބައްދަލުވުން މިރޭ )26 ފެބްރުއަރީ( 00:9 ޖަހާއިރު ލޮނިޒިޔާރަތް މަގާ ޖަނަވަރީ ހިނގުން ކަންމަތި އޮންނާނޭ ކަމަށް ޕާޓީން މަޢުލޫމާތުދެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލެ ސިޓީއިން މައްޗަށް ގޯޅި އުތުރަށާއި، ވިލިމާފަންނު ދާއިރާގަ ދޮރުން ދޮރަށް ހިނގާފައެވެ.