ރަޖަބު 27 ފާހަގަކުރުމަށް އެމްޑީޕީ އިން މިރޭ ހަރުގޭގައި ޖަލްސާއެއް ބާއްވާނެ

8 ޖުލައި 2010

ރަޖަބު 27 ވިލޭރޭ ފާހަގަކުރުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ (8 ޖުލައި 2010) ވާ ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޕާޓީން ބުނެއެވެ.