ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ކެނެޑާގެ އެކްޓިންގ ހައި ކޮމިޝަނަރ އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް، ކެނެޑާގެ އެކްޓިންގ ހައި ކޮމިޝަނަރ ރޮބަރޓް މެކް ޑޫގަލް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވާފައިވަނީ އެކޮމެޓީން ކުރިއަށް ގެންދާ ކޯނީގެ ރިޕޯޓްގެ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވަނީ ރާއްޖޭގައި ޑިމޮކްރެސީ ޤާއިމްކުރެއްވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަލީ ވަޙީދުގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފްއެވެ.