އަންހެނުންގެ ރޫޙުގެ މެމްބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމް ހެންވޭރު ދެކުނު ދާއިރާގައި ފަށައިފި

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ކުރިޔަށް ގެންދާ މެންބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު (25 ފެބްރުއަރީ) މިހަރަކާތް ފެއްޓީ ހެންވޭރު ދެކުނު ދާއިރާގައެވެ.

އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން އިސް ނަަގައިގެން ހެންވޭރު ދެކުނު ދާއިރާގަ ކުރިޔަށް ގެންދާ މި މަސައްކަތުގައި، ކަންމަތީ މޭޒު ބެހެއްޓިފައިވަނީ ހެންވޭރު ލޮނުޒިޔާރަތް މަގާ ޖަނަވަރީ ހިނގުމާ ގުޅޭ ކަންމަތީގައެވެ. ކުރިޔަށް މި އޮތް 3 ދުވަހު މެމްބަރުން އިތުރުކުރުމުގެ މި މަސައްކަތް ކުރިޔަށް ދާއިރު އެ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކުވެސް މިކަމުގައި ހަރަކާތްތެރިވާނެއެވެ. މިގޮތުން ހަފުތާގެ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 00:9ން ހަވީރު 00:6ށް މި ޕްރޮގްރާމްގެ މަސައްކަތްކުރިޔަށް ގެންދާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ލިބޭފޯރމް އަންހެނުންގެ ރޫހުގެ ފަރާތުން ޙަވާލުވި މެންބަރެއްގެ ބެލުމުގެ ދަށުން މެންބަރޝިޕް ކޮމެޓީއަށް ހުށަހަޅާ މެންބަރުން ރަޖިސްޓްރީ ވަންދެން އަންހެނުންގެ ރޫޙުން ބަލަހައްޓަމުން ގެންދާނެއެވެ.

މާލޭ ސިޓީގެ 6 އަވަށުގައި މަސައްކަތް ނިންމާލާއިރު އަންހެނުންގެ ރޫޙުން 1000 މެންބަރޝިޕް ފޯރމް ފުރުމަށް ވެސް އަންހެނުންގެ ރޫޙުން ވަނީ ނިންމާފައެވެ.