ހެންވޭރު ދެކުނު ދާއިރާގެ “ވައުދާ ހިނގުން” ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑޯޓުޑޯ ކެމްޕެއިން “ވަޢުދާއި ހިނގުން” ހެންވޭރު ދެކުނު ދާއިރާގަ މިއަދު ފަށައިފިއެވެ. ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު މިއަދު ހެނދުނު ފައްޓަވައި ދެއްވި މި ހިނގުން ފެށުނީ ހެނދުނު 10:00 ޖެހިއިރު ޖަނަވަރީ ހިނގުމުންނެވެ. ހެންވޭރު ދެކުނު ދާއިރާގަ ކުރިޔަށް ދާ މި ކެމްޕެއިން ހަރަކާތުގައި އެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުން މިދާ މަސައްކަތުގައި، ހެންވޭރު ދެކުނު ދާއިރާގެ ކަންމަތީ ބައްދަލުވުން މާދަމާ ރޭ (26 ފެބްރުއަރީ) 9:00 ޖަހާއިރު ލޮނިޒިޔާރަތް މަގާ ޖަނަވަރީ ހިނގުން ކަންމަތި އޮންނާނޭ ކަމަށް ޕާޓީން މަޢުލޫމާތުދެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލެއިން މައްޗަށް ގޯޅި އުތުރަށާއި، ވިލިމާފަންނު ދާއިރާގަ
ދޮރުން ދޮރަށް ހިނގާފައެވެ.