މެންބަރުންގެ ޚިޔާލު: ތިންބާރު އެއްދަޢުލަތެއް

7 ޖުލައި 2010

ލިޔުނީ: މުޙައްމަދު މުއާޒް (މޯލާ)

ދިވެހި ދަޢުލަތަކީ ދިވެހިރާއްޖޭގެ އެންމެންގެ ދަޢުލަތެވެ. ދިވެހި ދިދަ މިނިވަންކަމާއި އެކު ވިހުރޭ ހިނދެއްގައި ދިވެހިރާއްޖެ އޮންނާނީ މިނިވަންދަޢުލަތެއްގެ ގޮތުގައެވެ. ދިވެހިދަޢުލަތުގެ އެންމެހާ ބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ދުވަސްތަކެއްފަހަނައަޅާގޮސް، 18 އޯގަސްޓް 2007 ވީ ހޮނހިރުދުވަހު ދިވެހި ދަޢުލަތް ހިންގަންވާނީ ތިންބާރު އެކުލެވޭ ފުރިހަމަ ރިޔާސީ ނިޒާމަކުން ކަމަށް ދިވެހިން ނިންމިއެވެ. ރިޔާސީނިޒާމެއްގައި ހިމެނެނީ ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފް ގާއިމްކުރުމުގެބާރު އަދި ޤާނޫނު ހެދުމުގެ ބާރެވެ.
ދިވެހިރާއްޖޭގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުން ކިބައިން ކަމަށް ވީހިނދުތިންބާރު ވަކިވެފައިވާ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ވަކިވެފައިވާ އެންމެބޮޑުއެއްބާރަކީ އަދުލުއިންސާފް ޤާއިމްކުރުމުގެ ބާރެވެ. ހަގީގަތަށް ބުނާނަމަ ފުރިހަމަޑިމޮކުރޮސީއެއް މެކުހަށްޖަހައި ހިނގައިގަނެވޭނީ އަދުލު އިންސާފް އެތަނެއްގައި ވަރަށްރަގަޅަށް ޤާއިމްކުރެވިގެންނެވެ. ޑިމޮކުރެސީއެއް އެތަނެއްގައި ތަންފީޒުކުރާނީ މިބާރުންނެވެ. ސަބަބަކީ މިބާރަކީ ދަޢުލަތް ހިންގުމުގެބާރާއިޤާނޫނު ހަދާ ބާރަށް ފާރަވެރިވެ މަގުފަހިކޮށްދޭ ބާރުކަމަށް ވާތީއެވެ.
ޤާނޫނުއަސާސީ ބުނާގޮތުން ދިވެހިރާއްޖޭގެ އަދުލުއިންސާފް ޤާއިމްކުރުމުގެ ބާރު ލިބިފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. އެހެންކަމަށްވުމާއިއެކު މިބާރުގެ ތެރެއަށް އެއްވެސް ފަރާތަކަށް އަތެއް ނުބެނޭނޭއެވެ. މިހާރު ހިނގަމުންމިދާ ޝަރުއީނިޒާމުގެ އިންތިގާލީ މަރުހަލާގައި ، ޝަރުޢީކަންތައްތައް ދަނީ އެންމެފުރިހަމަގޮތަށް ބާވައޭ މިއީ ސުވާލިއުފެދިފައިވާ ކަމެކެވެ. ފެންނަމުންދާ ބައެއް މަންޒަރުތަކީ އެއްބަޔަކު ހަނުތިބޭއިރު، އަނެއްބަޔަކު ކަނޑިގެންގުޅެ، މާރާމާރީހިންގަމުންދާއިރު ކަނޑިޔާއި ހަތިޔާރު ގެންގުޅޭމީހުންނަށް ހުކުމްނުކުރެވި، މަސްތުވާތަކެތީގެ ވިޔަފަރިކުރާ ފަރާތްތައް ސާބިތުހެކިނެތްކަމަށްބުނެ ދޫކޮށްލާ މަންޒަރުތަކެވެ.
07 އޯގަސްޓް 2008 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމްމުޅިން އެހެންގޮތަކަށް ބަދަލުވެގެން ދިޔުމާއެކު ތިންބާރު ވަކިވެފައިވާ ރިޔާސީނިޒާމެއް ދިވެހިރާއްޖޭގައި ޤާޢިމްވިއެވެ. އެދުވަހުން ފެށިގެން މިތަކަށްދިވެހިރާއްޖޭގެ އަދުލުއިންސާފް ގާއިމްކުރުމުގެ ބާރު ހަރުދަނާވެފައިވާ މިންވަރާ މެދުނަޒަރުހިންގާލުމަކީ ކޮންމެހެންމެ ބޭނުންތެރިކަމެކެވެ. ޖިނާއީ އިޖުރާއަތުގެގަވާއިދުގެ އަށްވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާގޮތުން ތިމާއަކީ ކާކުކަންއަންގައިދިނުން ފިޔަވައި އިތުރުއެއްވެސް މައުލޫމާތެއްނުދީ ހަނުހުރުމުގެ ޙައްގުކޮންމެމީހަކަށް ލިބިގެންވެއެވެ. ހަނުހުރުމުގެ ތެރޭގައި ޝަރީއަތުގެ މަރުހަލާގައި ކުރާ ސުވާލުތަކަށް ޖަވާބު ނުދިނުން ހިމެނެއެވެ.ކަންމިހެން އޮތުމުން ފުލުހުން ކުރާ ތަހުގީގުތަކަށް ހުރަސްއެޅި ޝަރީއަތް ހިންގުމަށްވެސް ހުރަސް އެޅިގެންދެއެވެ. އެހެންކަމަށްވުމާއިއެކު މިމާއްދާ މިގޮތަށް އޮތްހިދަކު ކުށްކުރާމީހުންނަށް ކުރިއަށް ދިއުމަށް ކޮށާލެވޭ މަގަކަށް ވެގެންދާނެއެވެ.
ދަޢުލަތުގެ އަނެއްބާރަކީ މިފަދަ ޤާނޫނުތައް އިސްލާހުކޮށް ޤައުމުގެވެރިކަންހިންގުމުގެ އެންމެހާ ކަންކަން ޒިންމާދާރުކުރުވާ ބާރެވެ.އާދެ ޤާނޫނުހަދާފަރާތް ރައްޔިތުންގެ މަޖިލީސްއެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންހޮވާމަންދޫބުންތަކެއް ތަމްސީލްކުރާ މަޖިލީހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިއެންމެފުރަތަމަ އިންތިޚާބުކުރެވިފައިވާ މަޖިލީހެއް އުފެދުނީ 17 އެޕްރިލް 1952 ވަނައަހަރުގައެވެ. އެމަޖިލިސް ހިމެނެނީ ދެބަޔެއްގެ މަށްޗަށެވެ. އެއީ ސެނެޓާއިރައްޔިތުންގެގެ މިދެބައިގެ މަށްޗަށެވެ. މި މަޖިލިސް އުފެދި ދިވެހިރާއްޖޭގެ ފުރަތަމަޖުމްހޫރިއްޔަތެއް ފާސްކުރެވުނެވެ. އެހެންނަމަވެސް ޖުމްހޫރީވެރިކަމަކީ އޭރުރައްޔިތުން މާބަލައިގަތްކަމަކަށް ނުވިއެވެ. އެޖުމްހޫރިއްޔާއަށް ލިބުނީފިނިތަރުހީބެކެވެ. އޭގެ ނަތިޖާއެއްގެ ގޮތުން 21 އޯގަސްޓް 1953 ގައި ޤާނޫނު އަސާސީ އުވާލައި އޭރުއޮތް ޖުމްހޫރިއްޔަތު ވިރާސީރަސްކަމަކަށް ބަދަލުކުރެވުނެވެ.
މިއަދު ދިވެހިރާއްޖެއަށް ޑިމޮކުރެސީއެއްގެނައިކަމަށް ތިންމަނޭމެންނޭބުނާ ބުނުމަކީ ރާއްޖޭގެ ބައެއް ސިޔާސީބޭފުޅުން ކުރާދަޢުވައެކެވެ. ދިވެހިރާއްޖެއަށް ޑިމޮކުރަސީ ގެނައީވަކިމީހެކޭ ވަކިޕާޓީއެކޭ ބުނެ އޭގެކުރެޑިޓް ނުނެގޭނެއެވެ.ރާއްޖެއަށްޑިމޮކުރެސީގެނައީ ދިވެހިރައްޔިތުން ބޭނުންވެގެން ދިވެހިރައްޔިތުންނެވެ. މިކަމުގެހެއްކަކީ 1953 ގައި ޖުމްހޫރިއްޔަތެއް ދިވެހިން ބަލައިނުގަތުމެވެ. އިއްޔެއާޖެހެންދެން ރާއްޖޭގައި އޮތީ ރަސްކަމުގެ ސަގާފަތެކެވެ. އެހެންކަމަށް ވުމުންޑިމޮކުރަސީ ހަޖަމްކުރަން ދަތިވީއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ނަމުން ޖުމްހޫރިވެ ކަމުންވިރާސީ ސިފަޖެހިފައިވަނިކޮންވެރިކަމުގެނިޒާމް ބަދަލުކުރަންވެއްޖެކަމަށް ރާއްޖޭގެ ގިނަބަޔަކު ދެކުނުހިނދު،ވާދަވެރި ސިޔާސީ ނިޒާމަކުން މެނުވީ ހެޔޮވެރިކަމެއް ނުކުރެވޭނެކަމަށްބުނެމޯލްޑިވިއަން ޑިމޮކުރެޓިކްފާޓީނަމުގައި 2005 ވަނަ އަހަރު ޖޫންމަހުގައިއެންމެފުރަތަމަ ސިޔާސީޕާޓީއުފެދުނެވެ.މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ޑިމޮކްރޮޓިކް ވެއްޓަކީ ކޮންބަޔެއް ގާއިމްކުރިވެއްޓެއް ހެއްޔެވެ. މިސަގާފަތް ހަލާކު ކޮށްލުމަށް މަސައްކަތްކުރާ މީހުން ދިވެހިން ވަރަށް ރަނގަޅަށް ދަނެއެވެ. ކޮންމެއަކަސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވެއްޖެކަމަށްފުރަތަމަ އަޑުއުފުލިބަޔަކީ، އެމް.ޑީޕީ. އެވެ. އަދި ޑިމޮކުރަސީގެނައުމުގެ ހުންގާނުގައި ތިބިބަޔަކީވެސް އެއީއެވެ.
ދިވެހިރާއްޖެގެ ޖުމްހޫރިޔާގެ ޤާނޫނު އަސާސީ 6 ވަނަ މާއްދާގައި ބުނަނީ، މިޤާނޫނު އަސާސީން ބަޔާންވެފައިވާގޮތުގެ މަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. މިހެންނެވެ. ދައުލަތްހިންގުމުގެ ބާރަކީ ރިޔާސީ ނިޒާމެއްގެ އެންމެވަރުގަދަ އެއްބާރެވެ.ރައްޔިޔުންނަށް ކޮށްދޭނެކަންތައް ތައް ހިމެނޭ ސިޔާސަތުތައް އެކުލަވައިމެނިފެސްޓޯއެއްގެ ސިފާގައި ވިއްކައިގެން މެނުވީ ޑިމޮކުރެސީއެއްގައި ވެރިކަންހިންގުމުގެ ބާރުނުލިބޭނެއެވެ.1887 ވަނަ އަހަރު އޭރުއޮތް ކުޑަބަންޑާރައިގެ ވެރިކަންއަތިރީގޭ އިބްރާހީމްދީދީ އިސްވެހުންނަވައި އިދިކޮޅު މީހުން ގުޅަކުޅޭ ފަސްގަނޑަށްއެއްކުރައްވައި ވެރިކަން ވައްޓާލި ފަދައިން މިހާރުވެރިކަން ބަދަލެއް ނުކުރެވޭނެއެވެ. އަދި ރައީސް އޮފީހުގެ ދޮރާއްޓަށް އެރިކަމުގައިވިޔަސް ވެރިކަން ބަދަލެއްނުކުރެވޭނެއެވެ.
އެހެންނަނަމަވެސް ހިތާމައަކީ ވެރިކަން ވައްޓާލުމުގެ ހުވަފެނެއްގައި ތިބެގެން އެއްބާރުން ތިންބާރު ހިންގަން މަސައްކަތްކުރާކަމެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގެ ރޫހުގެއްލޭގޮތަށެވެ.ދަޢުލަތުގެ ތިންބާރު އެކުނުވެ ކޮންމެބާރެއްވެސް އޭގެ އެންމެ މިނިވަންކަމާއި އެކު ފިޔަޖަހަން ފެށީމާ އޭގެ އެންމެ ފޮނިމީރު ރަހަ ދެކޭނީ ދިވެހި ދަޢުލަތުގެ މިނިވަން ދިދައިގެ ދަށުގައިތިބި ރައްޔިތުންކަން ހަމަކަށަވަރެވެ. އަޅުގަނޑުމެންނަކީއެއް ދަޢުލަތެއްގެ ދަށުގައިތިބި އެއްބަހަކުން ވާހަކަދައްކާ ބަޔަކަށް ވީހިނދު ކޮންމެ ބާރަކުންވެސް މަސަކަތްކުރަން ޖެހޭނީ ރައްޔިތުންނަށް ޓަކައެވެ. އެބަޔަކަށް ލިބިފައިވާބާރެއް ފިތުނައިގެ ދަލުގައި ޖެހި އަމިއްލަ އެދުމުން އެއްކިބާވެތިބެއެވެ. މީހެއްގެނުވަތަ ބަޔެއްގެ ބާރު ކަޑުވައިލިއަސް ދިވެހި ދައުލަތުގެ ބާރާއި ގަދަރާއި އިއްޒަތްއެކަކަށްވެސް ކަޑުވާނުލެވޭނެއެވެ.