7 ޖުލައި 2010
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، 20 ޖޫން 2010ން ފެށިގެން ހުޅުވާލެވިފައިވާ ފުރުޞަތުގެ މުއްދަތު، 31 ޖުލައި 2010 ވާ ހޮނިހިރު ދުވަހުގެ 4.00 އާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިހާރު ހަމަޖެހިފައިވާ ގޮތުން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ، 31 ޖުލައި 2010 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ.
މިގޮތަށް މި ހަމަޖެއްސީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރައްވަމުން ގެންދަވާތީ އާއި، ވަރަށް ގިނަ ބަޔަކު މުއްދަތު އިތުރުކުރުމަށް އެދިވަޑައިގަންނަވަމުންދާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުތަކަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު، މިއޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީ mdp.org.mv އެވެ. މީގެ އިތުރުން www.votemdp.com އިން ވެސް މިފޯމު ޑައުންލޯޑް ކުރެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި، ނުވަތަ 7645381 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960، އީމެއިލް: cc@votemdp.com
7 ޖުލައި 2010