އަބުދާބީ ޑޮކިއުމެންޓަރީ ފިލްމް ކްލަބް ފަރާތުން އިންތިޒާމް ކުރައްވަައިގެން ބާއްވަވާ 2013 ވަނަ އަހަރުގެ ކަލްޗަރަލް ސީޒަން އޯޕަނިން ފިލްމެއްގެ ގޮތުގައި “ދި އައިލެންޑް ޕްރެޒިޑެންޓް” ސްކްރީން ކުރުމަށް ނިންމަވައި އެރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ގެ ޕްރައިވެޓް އޮފީހުންނާއި އަނާސީ މީޑިޔާ ޕްރޮޑަކްޝަންސްގެ ފަރާތުން ވަނީ ދަޢުވަތު ލިބިވަޑައިގެންފައެވެ.
އަބޫދާބީ ޑޮކިއުމެންޓްރީ ފިލްމް ކްލަބަކީ އަނާސީ މީޑިޔާ ޕްރޮޑަކްޝަންސްއާއި ޒައިދު ޔުނިވަރސިޓީ އެލުމްނާއި އަދި ޔުއޭއީގެ މިނިސްޓްރީ އޮފް ކަލްޗަރ، ޔޫތް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕެކެވެ. މިހަފްލާގައި ތިމާވެށީގެ ދާއިރާގައި ރައީސް ނަޝީދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި ގުޅޭގޮތުން ވާހަކަ ދެެއްކެވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
2013 ވަނަ ކަލްޗަރަލް ސީޒަންގެ އޯޕަނިންގ ގައި ދި އައިލެންޑް ޕްރެޒިޑެންޓް ސްކްރީން ކުރެއްވުމަށް ނިންމަވާފައިވާތީ މިއޮފީހުގެ ފަރާތުން އަބޫދާބީ ޑޮކިއުމެންޓަރީ ފިލްމްސްއަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރަމެވެ. މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ފެބްރުއަރީ 2013 ގައެވެ.