ރައީސުލްޖުމްހޫރިއްޔާ ޕޮލެންޑްގެ އާ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެތަހުނިޔާ

6 ޖުލައި 2010

ޕޮލެންޑްގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންފައިވާ ބްރޮނިސްލާވް ކޮމޮރޮވްސްކީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި މުނާސަބަތުގައި ބްރޮނިސްލާވް ކޮމޮރޮވްސްކީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިސްޓަރ ކޮމޮރޮވްސްކީގެ ޒަޢާމަތުގައި ޕޮލެންޑަށް އިތުރު ތަރައްޤީއާއި ކުރިއެރުމާއި އުފާވެރިކަން ފެނިގެންދާނެ ކަމަށާއި، ރާއްޖެއާއި ޕޮލެންޑާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.