އަންހެނުންގެ ރޫޙުގެ ޚާއްސަ ބައްދަލުވުމެއް މިއަދު ހަވީރު ދަރުބާރުގޭގައި.

– ރައީސް ނަޝީދުގެ ހިމާޔަތުގައި މިއަދުވެސް ނުކުންނަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙުގެ ވަރަށް ޚާއްސަ ބައްދަލުވުމެއް މިއަދު ހަވީރު 16:00 ގައި ދަރުބާރު ގޭގައި އޮންނާނެއެވެ. ދަރުބާރުގޭ ފާށަނާ މާލަމްގައި އޮންނަ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ޙިމާޔަތަށް އެދި ގޮވާލާ އެމްޑީޕީގެ މެމްބަރުންނާނާއި، މިކަމަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތައް މިއަދު ހަވީރު 16:00 ގައި ބަންޑާރަ މިސްކިތް ކައިރިއަށް ވަޑައިގެންދެއްވުމަށް ވެސް އެމްޑީޕީން އެދިވަޑައިގަންނަވައެވެ.

އަންހެނުންގެ ރޫޙުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އަންހެން ބޭކަނބަލުން، ބައްދަލުވުން ނިންމަވާފައި ބަންޑާރަ މިސްކިތް ކައިރިއަށް ވަޑައިގެންދެއްވުމަށް ވެސް ޕާޓީން އެދިވަޑައިގަންނަވައެވެ.