އެމް.ޑީ.ޕީ ހޯނޑެއްދޫ ޖަގަހައިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ހޯނޑެއްދޫ ޖަގަހަ
މަތި ދެކުނު ޕްރޮވިންސް
ގދ. ހޯނޑެއްދޫ، ދިވެހިރާއްޖެ.

ނޫސްބަޔާން

ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދާ ދޭތެރޭ ދިވެހިރާއްޖޭގައި އުފެދިފައިވާ ބަޣާވާތުގެ ސަރުކާރުން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާތައް ހަރުކަށިއިބާރަތުން ކުށްވެރި ކުރާކަމަށާއި މިރާއްޖޭގައި ކޮރަޕްޝަނުގެ ހާއްޔަކަށްވެފައިވާ ޒަމާންވި ދިގުތިރީސް އަހަރުގެ އަނިޔާވެރި ވެރިކަން ދެމެހެއްޓި މޫކަމުގައިވާ ޖުޑިޝަރީން ކުރަމުންދާ ޢައިރުޤާނޫނީ އަމުރުތައް ނުނެރުމަށާއި އަދި ދިވެހިރާއްޖޭގެ އިންތިހާބީ ރައިސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދުއަށް 2013 ގެއިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގަ ފަހިކޮށް ދިނުމަށް މި ބަޣާވާތުގެ ސަރުކާރަށާއި ޝަރުއީދާއިރާއަށް ގޮވާލަމެވެ. ދިވެހިރައްޔިތުން ތަހަންމަލް ކުރަމުންގެންދިޔަ ދިގު ތިރީސް އަހަރުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއެކު އިންތިހާބް ކުރެވުނު ރައީސުލްޖުމްހޫރިއްޔާ ބަޣާވާތަކުން ވެރިކަމުން ދުރުކޮށް އެމަނިކުފާނާ ދޭތެރޭ މިބާޣީ ސަރުކާރުން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކަކީ މިރާއްޖޭގެ އިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އެންނެމެހާ ފަރާތްތަކާމެދު މިބާޣީ ސަރުކާރުންހިންގާ ޖަރިމާތަށް ކަންވެސް ފާހަގަކޮށްލަމެވެ. ވުމާއެކު މިޖަރީމާތަށް ވަގުތުން ވަގުތަށް ހުއްޓާލުމަށް ހުރިހާ މުވައްސަސާތަކަށް ގޮވާލަމެވެ.

އަދި ހަމައެއާއެކު ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ފުރިހަމަ މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ވީއެންމެ ފުޅާދާއިރާއެއްގައި ސަރުކާރުން ނުދެހާ ހިނދަކު އިންޑިއަށް ހައިކޮމިޝަނުން ނުކުމެ ވަޑައިނުގެންނެވުމަށް ދިވެރާއްޖެގެ ފުރަތަމަ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދުގެ އަރިހުން އެދޭ ކަންވެސް ފާހަކޮށްލަމެވެ. އަދި މަނިކުފާނު މި ދިވެހި އެންމެހާ ރައްޔިތުންނަށްޓަކައި ތިކުރައްވާ ހިތް ވަރުގަދަ ބުރަ،ދަތި އުނދަގޫ މަސައްކަތަޕުޅުތަކަށް މަނިކުފާނަށް އަޅުގަނޑުމެންގެ ހިތުގެ އެންމެފުންމިނުން ޝުކުރުދަނަނަވަމެވެ.

17 ފެބްރުއަރީ 2013


ބަޔާން ނެރުނީ: އެމްޑީޕީ ހޯނޑެއްދޫ ޖަގަހަ