އެމް.ޑީ.ޕީ. ވެލިދޫ ނޫސް ބަޔާން

noosbayan

އެމް.ޑީ.ޕީ. ވެލިދޫ އޮފީސް
އެމް.ޑީ.ޕީ ވެލިދޫ އެކްޓިވިޓީ ސެންޓަރ
ނ.ވެލިދޫ

ނޫސް ބަޔާން

އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސިޔާސީ ވިސްނުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވާ ދައުވާއާއިގުޅިގެން “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް” ކިޔާ ޣައިރުގާނޫނީ ގޮތުން އުފައްދާފައިވާ ކޯޓަކަށް މުހައްމަދު ނަޝީދު ފުލުހުންގެ ހައްޔަރުުގައި ބަހައްޓައިގެން ގެންދިއުމަށް ކޮށްފައިވާ އަމުރާއިގުޅިގެން އެމް.ޑީ.ޕީ. ވެލިދޫގެ އެންމެހާ މެމްބަރުން މިކަމާ ނިހާޔަތަށް ކަންބޮޑުވެ، އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން މިހާރު މިގައުމުގައި މިއޮތް ސަރުކާރުންނާއި ވަކި އަތަކަށް ޖެހިފައިވާ ޝަރުއީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭގޮތް ހެދުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ މިފަދަ ނޭއްގާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެމް.ޑީ.ޕީ. ވެލިދޫ އެންމެހާ މެމްބަރުން ގޮވާލަމެވެ.

އަދި ފުލުހުންގެ ބެލުމުގެދަށަށް ރައީސް މުހައްމަދު ނަޝީދު ގެންގޮސްފިނަމަ އެމަނިކުފާނުގެ ފުރާނަފުޅަށް ފުލުހުން ދީފާނެ ގެއްލުމަކާއިމެދު ނުހަނު ކަންބޮޑުވެ އެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެމް.ޑީ.ޕީ. ވެލިދޫ އެންމެހާ މެމްބަރުން އިލްތިމާސްކުރަމެވެ

13 ފެބްރުއަރީ 2013

ބަޔާން ނެރުނީ: އެމް.ޑީޕީ ވެލިދޫ ޒުވާނުންގެ ގޮފި، އެމް.ޑީ.ޕީ. ވެލިދޫ ގޮފި، އެމް.ޑީ.ޕީ. ވެލިދޫ ހަވަރުގޮފި، އެމް.ޑީ.ޕީ ވެލިދޫ އަންހެނުންގެގޮފި، އެމް.ޑީ.ޕީ. ވެލިމާލެ ގޮފި.