ޕާލިމެންޓްރީ ގްރޫޕްގެ ދަތުރު ފަސްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީގެ) ޕާލިއަމަންޓްރީ ގްރޫޕުން އިސްނަންގަވައިގެން ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ކުރައްވަން ހަމަޖައްސަވާފައިވާ ދަތުރު ކުއްލިގޮތަކަށް ފަސްކޮށްފިއެވެ.

މިއަދު ފެއްޓެވުމަށް ހަމަޖެހިފައިވާ ދަތުރު ފަސްކުރެއްވީ، ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން އަމުރުކުރުމާއި ގުޅިގެން ކަމަށް ޕާލިމެންޓްރީ ގްރޫޕުން މަޢުލޫމާތުދެއްވައެވެ.

މި ދަތުރުގައި މި ޕާޓިގެ ހަރަކާތްތަކެއް ލ. އަތޮޅުގެ ރައްތަކުގައި ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، އާއްމު ޖަލްސާތައް ބޭއްވުމާ، ދާއިރާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުން ނާ ބައްދަލު ކުރުންވެސް ކުރިއަށް ގެންދަވާނެއެވެ.

މި ދަތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނި މި ޕާޓީގެ ޗެއަރ ޕާސަން އެވެ. އަދި މީގެ އިތުރުން ޕާލިއަމަޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަޙީދުގެ އިތުރުން އިތުރު މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ހަމަ މި ދަތުރުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު އާ ދާއިރާ ރައީސުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.