އެމް.ޑީ.ޕީގެ ޕާލަމެންޓަރީ ގްރޫޕުން ރާއްޖޭގެ ދާއިރާތަކަށް ކުރައްވާ ދަތުރު ތަކެއް ފައްޓަވަނީ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީގެ) ޕާލިއަމަންޓްރީ ގްރޫޕުން އިސްނަންގަވައިގެން ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ކުރައްވާ ދަތުރުތަކެއް މާދަމާ ( 13 ފެބްރުއަރީ 2013 ވާ ބުދަ ދުވަހު) ފައްޓާވާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ޓީމު ދަތުރުކުރާނީ ލ. އަތޮޅުގެ ރައްތަކަށެވެ.

މާދަމާ ފައްޓާވާ މި ދަތުރުގައި ލ. އަތޮޅުގެ ރައްތަކުގައި މި ޕާޓިގެ ހަރަކާތް ތަކެއް ވަނީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފައެވެ. މި ގޮތުން ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީގެ ހަރަކާތްތައް އިތުރުކުރުން ކުރިޔަށް ދާނެއެވެ. މިގޮތުން ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، އާއްމު ޖަލްސާތައް ބޭއްވުމާ، ދާއިރާތިަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުން ނާ ބައްދަލު ކުރުންވެސް ކުރިއަށް ގެންދަވާނެއެވެ.

މާދަމާގެ މި ދަތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނި މި ޕާޓީގެ ޗެއަރ ޕާސަން އެވެ. އަދި މީގެ އިތުރުން ޕާލިއަމަޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަޙީދުގެ އިތުރުން އިތުރު މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ހަމަ މި ދަތުރުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު އާ ދާއިރާ ރައީސުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.