އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މެންބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމް ހުޅުމާލޭގައި ފަށައިފި

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން 30 ދުވަހުގެ މުއްދަތަށް ދެމިގެންދާ މެންބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމް މިއަދު (12 ފެބްރުރީ 2013) ހެދުނު 10:00ގަ ފައްޓައިފިއެވެ. މާލެ ސިޓީގެ 6 އަވަށުގައި ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެއްޓީ މިއަދު ހެނދުނު ހުޅުމާލޭގެ އެމް.ޑީ.ޕީގެ ހަރުގޭގައެވެ.

ހަފުތާގެ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހަވީރު 6:00ށް މި ޕްރޮގްރާމްގެ މަސައްކަތްކުރިޔަށް ގެންދާނެއެވެ. މިގޮތުން ކޮންމެ ދާއިރާއެއްގައި ވެސް 3 ދުވަހު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭ ސިޓީގެ 6 އަވަށުގައި މަސައްކަތް ނިންމާލާއިރު އަންހެނުންގެ ރޫޙުން 1000 މެންބަރޝިޕް ފޯރމް ފުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވީ، މާލެ ސިޓީގެ ކޮންމެ ދާއިރާއެއްގަވެސް އެންމެ މީހުން ގިނަ ހިސާބެއްގާ އެދުވަހަކު މޭޒުބަހައްޓާ މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އަދި ކޮންމެ ދުވަހަކުވެސް ލިބޭފޯރމް އަންހެނުނގެ ރޫހުގެ ފަރާތުން ޙަވާލުވި މެންބަރެއްގެ ބެލުމުގެ ދަށުން މެންބަރޝިޕް ކޮމެޓީއަށް ހުށަހަޅާ މެންބަރުން ރަޖިސްޓްރީ ވަންދެން އަންހެނުންގެ ރޫޙުން ބަލަހައްޓަމުން ގެންދާނެއެވެ. އެގޮތުން މިއަދު ކުރެވުނު މަސައްކަތުން 100 އަށް ވުރެ ގިނަ ފޯރމު ވަނީ ފުރާ ފުރިހަމަ ކުރެވިފައެވެ.

އަންހެނުންގެ ރޫޙްގެ ފަރާތުން އިސްނަގައިގެން ފެއްޓި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އަންހެނުންގެ ރޫޙްގެ އިތުރުން ޕާޓީގެ ޗެއަރ ޕާސަންއާ، މާލެ ސިޓީގެ މޭޔަރއާ ދާއިރާގެ ރަޢިސުންނާ ނައިބު ރައީސުން ހިމެނިގެން 200 އެއްހާ ބޭފުޅުން މި މަސައްކަތުގަ ހީވާގި ކަމާއެކެ ބައިވެރިވެވަޑައިގަންނެވިއެވެ.