ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދި ގޮވާލުމަށް ބާއްވާ ޤައުމީ ބޮޑު ހިނގާލުން އަންނަ ހުކުރު ދުވަހު ގެ ރޭ ކުރިޔަށް ދާނެ

baghaavai4

އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދި ގޮވާލުމަށް ބާއްވާ މި ޕާޓީގެ ޤައުމީ ބޮޑު ހިނގާލުން 15 ފެބްރުއަރީ 2013 ވާ ހުކުރު ދުވަހުގެ ރޭ 9:00 ގަ މާލެ ސިޓީގެ އުސްފަސްގަނޑު ސަރަހައްދުންނާއި ރަށްރަށުގެ އެމްޑީޕީގެ ހަރުގެތަކުން ފެށޭނެއެވެ. ވީމާ އެމްޑީޕީ މެމްބަރުންނާއި މިކަމަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުން މިހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދަންނަވަމެވެ.

އަދި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލަށް އިލްތިމާސްކޮށް އެމް.ޑީ.ޕީގެ ދާއިރާ ރައީސުން ހުށަހަޅުއްވާފައިވާ ސިޓީއާ ތިންހާހަށްވުރެ ގިނަ ފަރާތަކުން ސޮއެކޮށްފައިވާ ޕެޓިޝަނެއްވެސް ވަނީ ޕީޖީ އޮފީހަށް ހަވާލު ކޮރެވިފައެވެ. މި ޕޭޓިޝަން ހަވާލުކުރެވުނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.