ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް ޕީޖީއަށް އިލްތިމާސްގެ ޕެޓިޝަނެއް

އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދިވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލަށް އިލްތިމާސްކޮށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.

މި ޕެޓިޝަންގައި ވަނީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލައިގެ ސަބަބުން މައުޟޫޢީ ގޮތުންނާއި، މާއްދީ ގޮތުންނާއި ޒާތީގޮތުން އެންމެހާ ދިވެހި ރައްޔިތުންނަށް ފޫނުބުއްދޭފަދަ ގެއްލުން ލިބެމުންދާ ކަމަށެވެ.

ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ޢާންމު ބާރެއްކަމަށްވާއިރު، ފާއިތުވި އަހަރު ކަންކަން ގޮސް ވެނިމިފައިވާގޮތް އެމަނިކުފާނުގެ ބުއްދީގެ ނަޒަރުން ބަލައި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާ އަނބުރާ ގެންދަވުމަށް އިލްތިމާސް ކުރާކަމަށެވެ.

މި ޕެޓިޝަންގައި ސޮއިކުރުމުގެ އިންތިޒާމް ރަސްމީ ގަޑީގައި ޕާޓިގެ ސެކްރެޓޭރިއޭޓްގެ އޮފީހުންނާއި އުސްފަސްގަނޑު ސަރަހައްދުން ހަމަޖެހިފައި ހުންނާނެއެވެ.

ޕެޓިޝަން ޑައުންލޯޑުކުރުމަށް މިލިންކަށް ފިތާލާށެވެ.