އެމްޑީޕީގެ ތިން ދާއިރާގެ ރައީސް ކަމަށް 4 ފަރާތަކުން ކުރިމަތިލައިފި

comitteeelection191011-11

މިމަހުގެ 15 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ 3 ދާއިރާއެއްގެ ރައީސްކަމަށް 4 ފަރާތަކުން ކުރިމަތިލައިފިއެވެ. ޤައުމީ މަޖިލީހުގައި ވެސް ހިމެނޭ މި ތިން ދާއިރާއަކީ ހޯރަފުށީ ދާއިރާއާ، ކުޅުދުއްފުށީ ދެކުނު ދާއިރާއާ ދިއްގަރު ދާއިރާއެވެ.

ހޯރަފުށީ ދާއިރާގެ ރައީސްކަމަށް އެރަށު މުރިނގު ޢަލީ ރިޔާޟް ކުރިމަތިލާފައިވާއިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސްކަމުގެ މަޤާމަށް ދެ ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެއީ، މާފަންނު ޗާންދަނީމާގޭ، ހަސަން ޝުޖާއު އާއި ކުޅުދުއްފުށި، ސީނިޔާޒް، އާދަމް ޝަރީފް މުޙައްމަދު އެވެ. ދިއްގަރު ދާއިރާގެ ރައީސްކަމަށް ކުރިމަތިލީ މާފަންނު ހުވަނދު ގަދަކޯޅިގޭ، ތާހާ މުޙައްމަދު އެވެ.

މީގެ އިތުރުން އެކި ދާއިރާތަކުގެ 5 މަޤާމަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންތައް ވެސް ވަނީ އިޢުލާންކޮށްފައެވެ.
މި ދާއިރާތަކުގެ މަޤާމްތަކަށް އިޢުލާންކޮށްފައި ވަނީ، ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ޖެނުއަރިގެ ނިޔަލަށެވެ.