ރައީސް ނަޝީދު މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވާނެ

600563_10152514779860447_1083931519_n

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު 01:00ގައި 4 ނަންބަރު ޖެޓީންނެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުގެ ހުއްދައަކަށް އެދިވަޑައިގެންނެވުމުން ހުޅުމާލޭ ކޯޓުންވަނީ މިމަހުގެ 4 – 7ށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ހުއްދަ ދެއްވާފައެވެ.

ރައީސް ނަޝީދު ފުރާވަޑައިގަންނަވާ ގަޑިއަށް އެމްޑީޕީއަށާއި އެމަނިކުފާނަށް ތާޢީދު ކުރައްވާ ވީހާ ވެސް ގިނަ ބަޔަކު 4 ނަންބަރު ޖެޓީއަށް ވަޑައިގެންދެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.