ގަލޮޅު އުތުރުގެ “ވައުދާ ހިނގުން” މިއަދުވެސް ކުރިޔަށް އެބަދޭ

raeeseva

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ “ވަޢުދާއި ހިނގުން” ގަލޮޅު އުތުރު ދާއިރާގައި މިއަދުވެސް (3 ފެބްރުއަރީ 2013) ކުރިޔަށް އެބަދެއެވެ. ދިވެހި ރާއްޖޭގެ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ މި ދޮރުން ދޮރަށް ހިނގުން ފެށުނީ މިއަދު ހެދުނު 9:30 ގައެވެ.

ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސްގެ އިއްޒަތްތެރި މެމްބަރ އީވާ އަބްދުﷲ ވިދާޅުވިގޮތުގައި “ވައުދާ ހިނގުމުގައި މިހާތަނަށް އެދާއިރާގެ %20 ގެއަށްވަނީ ވަދެވިފައެވެ”. އަދި އީވާ އިތުރަށް ވިދާޅުވީ “ދޮރުން ދޮރަށް ހިނގުމުގައި އެދާއިރާގެ ވީހާވެސް ގިނަގޭގެއަށް ވަންނަންނާނެ ކަމުގައެވެ.”

ވަޢުދާއި ހިނގުމުގެ” މަގްސަދަކީ އެމްޑީޕީގެ ވަޢުދުތަކާއި އެވަޢުދުތައް ފުއްދިފައިވާ މިންވަރު ދެނެގަނެ ކުރިޔައްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ރައްޔިތުންގެ ހާލު ދެނެގަތުމެވެ. އަދި ބަގާވާތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ހީނަރުވެފައިވާ މިންވަރުވެސް ދެނެގަތުމެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މާލެ ސިޓިގެވީހާވެސް ގިނަ ގެއަށް އެމް.ޑީ.ޕީގެ ފަރާތުން ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.