ގަލޮޅު އުތުރުގެ “ވަޢުދާއި ހިނގުން” މިއަދު ހެނދުނު ފެށިއްޖެ

ވަޢުދާއި ހިނގާލުން ގަލޮޅު އުތުރު ދާއިރާގެ ޑޯޓުޑޯ ކެމްޕެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު މިއަދު ހެނދުނު ފައްޓަވައި ދެއްވައިފިއެވެ. މިއަދު ހެނދުނު 9:00 ޖެހިއިރު މި ހަރަކާތް ފެއްޓުނީ ބާ އިންޖީނުގެ ފުރަގަސް މަގުންނެވެ.

ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުން މިދާ މަސައްކަތުގައި، ގަލޮޅު އުތުރު ދާއިރާގެ ކަންމަތީ ބައްދަލުވުން މިރޭ 9:00 ޖަހާއިރު ހުސްނުހީނާ މަގު ހެޕީ ސައިޑް ކުރިމަތީގައި އޮންނާނޭ ކަމަށް ޕާޓީން މަޢުލޫމާތުދެއްވައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލެއިން މައްޗަށް ގޯޅި އުތުރަށާއި، ވިލިމާފަންނު ދާއިރާގެ ހުރިހާ ގެއަޔަކަށް ވެސް ދޮރުން ދޮރަށް ހިނގާފައެވެ.