ނޫސްބަޔާން: ކެންސަރ ސޮސައެޓީގެ ހިނގާލުމުގައި އެމް.ޑީ.ޕީއަށް ބައިވެރިވެވޭގޮތް ނުވާތީ އެކަމާގުޅިގެން ނެރޭ ނޫސް ބަޔާން

noosbayan

ނަންބަރު:MDP-2013-PR-08
ތާރީޚް: 30 ޖެނުއަރީ 2013 (ބުދަ)

ކެންސަރ ސޮސައެޓީގެ ހިނގާލުމުގައި އެމް.ޑީ.ޕީއަށް ބައިވެރިވެވޭގޮތް ނުވާތީ އެކަމާގުޅިގެން ނެރޭ ނޫސް ބަޔާން

1 ފެބްރުއަރީ 2013 ވާ ހުކުރު ދުވަހު ކެންސަރ ސޮސައެޓީ އޮފް މޯލްޑިވިސްގެ ފަރާތުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ހިނގާލުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް އަމަލީގޮތުން ބައިވެރިވެވޭ ގޮތް ނުވާތީ މި ޕާރޓީން ނުހަނު ހިތާމަކުރަމެވެ.
އެމް.ޑީ.ޕީއަށް އެ ހިނގާލުމުގައި އަމަލީގޮތުން ބައިވެރިވެވެން ނެތް ސަބަބަކީ، އެ ހުކުރު ދުވަހަކީ މި ޕާރޓީން ސިލްސިލާގޮތެއްގައި މާލޭގައި ބާއްވަމުން ގެންދާ ޤައުމީ ބޮޑު ހިނގާލުން ބޭއްވޭ ދުވަސްކަމަށް ވެފައި، އެދުވަހު ވެސް އެ ސިލްސިލާ ހިނގާލުން އޮންނަ ގޮތަށް ހަމަޖެހިފައިވާތީ އެވެ. އަދި އެމް.ޑީ.ޕީ ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ސިލްސިލާ ހިނގާލުމަކީ ވެސް ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައަކާ ގުޅިގެން ބޭއްވޭ ޤައުމީ ބޮޑު ހިނގާލުމެއްކަން ފާހަގަކުރަމެވެ.

ކެންސަރ ސޮސައެޓީގެ ފަރާތުން ބާއްވާ ހިނގާލުމުގައި މި ޕާރޓީއަށް އަމަލީގޮތުން ބައިވެރިވެވެން ނެތްނަމަވެސް، އެ ސޮސައެޓީގެ ފަރާތުން ކުރަމުންގެންދާ އެންމެހައި މަސައްކަތަށް މި ޕާރޓީން ޝުކުރުވެރިވެ، ހިތްވަރުދީ، އަދި ކާމިޔާބަށް އެދެމެވެ. އަދި އެ ސޮސައެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގާ އެފަދަ އެހެން ހިނގާލުމެއްގައި އަމަލީގޮތުން ބައިވެރިވެވޭނޭކަމަށް މި ޕާރޓީން އުއްމީދުކުރަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް