އިއުލާނު: ޔަންގް ލީޑަރޒް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު

iulaan

MDP/2013/I-005

ޔަންގް ލީޑަރޒް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު

މާޗް 10-13 އަށް އިގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ ޔަންގް ލީޑަރޒް ސަމިޓުގައި ބައިވެރިވުމަށް މިޕާޓީއަށް ވަނީ ދައުވަތު ލިބިފައެވެ. ވީމާ މި ސަމިޓުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ފެބްރުއަރީ 3 ވާ އާދީއްތަ ދުވަހުގެ 4 ޖެހުމުގެ ކުރިން އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް ނުވަތަ youth.wing@mdp.org.mv އީމެއިލް އިން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއެކު ހުށައެޅުއްވުން އެދެމެވެ.

މިސަމިޓަކީ ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ލީޑަރުންގެ މަޝްވަރާތަކާއި އަދި ސިޔާސީ ފިކުރު އެއްގޮތްވާ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމެކެވެ. އަދި އިގިރޭސި ވިލާތުގެ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުންތަކާއި ސިޔާސީ ވެރިންގެ ހާއްސަ ބައްދަލުވުންތައްވެސް މި އެމް.ޑީ.ޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން 1 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ އިގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ފަރާތުންނެވެ. ސަމިޓަށް ވަޑައިގަންނަވަން ހޮވޭ ބޭފުޅެއްގެ ޚަރަދުތައް ހަމަޖެހިފައިވާކަން ދަންނަވަމެވެ.

މި ސަމިޓުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޒުވާނުންގެ ހިތްވަރުގެ މެމްބަރުންގެ ތެރެއިންގެ ތިރީގައި މިވާ ޝަރުތުތައް ހަމަވާ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމަށް އެމް.ޑީ.ޕީގެ ޒުވާނުންގެ ގޮފިން އިއުލާން ކުރަމެވެ.

1. އުމުރުން 35 އަހަރުން ދަށުގެ އެމް.ޑީ.ޕީ މެމްބަރެއް ކަމުގައިވުން.
2. ޕާޓީގެ ހަރަކާތްތަކުގައި މަދުވެގެން 2 އަހަރު މެދުކެނޑުމެއްނެތި ބައިވެރިވެފައިވުން.
3. ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތާއި އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާ، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަން އެގުން.
4. އިގިރޭސި ބަހުން އަދި ދިވެހި ބަހުން ރިޕޯޓު ލިޔެ ވާހަކަ ދައްކާން އެގުން.
ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުންތައް:
1. ވަނަވަރު (ސީވީ)
2. ޕާޓީގެ މަސައްކަތްތަކުގައި ބައިވެރިވެފައިވާކަން އެގޭނެ ލިޔުމެއް/ ރެފެރެންސް

29 ޖެނުއަރީ 2013