ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ “ވަޢުދާއި ހިނގުން” ވިލިމާލޭގައި މިއަދު ފެށިއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރާވާ ހިންގާ “ވަޢުދާއި ހިނގުން” ދިވެހި ރާއްޖޭގެ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ، ވިލިމާފަންނު ދާއިރާގެ ވިލިމާލޭގައި މިއަދު ފަށްޓަވައި ދެއްވައިފިއެވެ.

ވިލިމާފަންނު ދާއިރާގެ ވިލިމާލޭގައި މިއަދު (29 ޖެނުއަރީ 2013) ހެދުނު 10:30 ން ފެށިގެން ކުރިޔަށް މިދާ ހިނގާލުމުގައި ކުރިޔަށް އޮތް ދެދުވަހެއްގެ ތެރޭގައި އެދާއިރާގެ ކޮންމެ ގެއަކަށް އެމް.ޑީ.ޕީގެ ފަރާތުން ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

“ވަޢުދާއި ހިނގުމުގެ” މަގްސަދަކީ އެމްޑީޕީގެ ވަޢުދުތަކާއި އެވަޢުދުތައް ފުއްދިފައިވާ މިންވަރު ދެނެގަނެ ކުރިޔައްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ރައްޔިތުންގެ ހާލު ދެނެގަތުމެވެ. އަދި ބަގާވާތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ހީނަރުވެފައިވާ މިންވަރުވެސް ދެނެގަތުމެވެ.

ވައުދާއި ހިނގުމުގެ ޕްރޮގްރާމްގައި މުޅި މާލެ ދާއިރާގެ ކޮންމެ ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދާއިރާއެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު “ކަންމަތީ ސްޕީޗް” ދެއްވާނެއެވެ. އަދި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްގައިވެސް ރިޔާސީ ކެނޑިޑޭޓް ބައިވެރިވެވަޑައިގަންނަވާނެއެވެ.