މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަޢުދާއި ހިނގުމުގެ ވިލިމާފަންނު ދާއިރާގެ ކަންމަތީ ޖަލްސާ މިރޭ 9:00 ޖަހާއިރު އޮންނާނެއެވެ. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ އިއްޒުދީން މަގާއި ސަބްދެލި މަގު ގުޅޭ 4 އަނގޮޅީގައެވެ.
މިޖަލްސާގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެމްބަރުންނާއި ޕާޓީއަށް ތާޢީދު ކުރައްވާ ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވުމަށް ޕާޓީން ދަޢުވަތު އަރުވައެވެ.