ތިން ދާއިރާއެއްގެ ރައީސްކަމުގެ މަޤާމުގެ އިންތިޚާބަށް އިޢުލާންކޮށްފި

comitteeelection1910112-60

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހުސްވެފައިވާ ދެ ދާއިރާއެއްގެ ރައީސްކަމުގެ މަޤާމްގެ އިންތިޚާބަށް އިޢުލާންކޮށްފިއެވެ. އިއްޔެ އިޢުލާންކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ ރައީސްކަމުގެ މަޤާމަށާއި ދިއްގަރު ދާއިރާގެ ރައީސްކަމުގަ މަޤާމަށާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސްކަމުގެ މަޤާމަށެވެ.

މީގެ އިތުރުން ވެސް އެ ދާއިރާތަކާއި އެހެން ދާއިރާތަކުގެ ބައެއް މަޤާމް ތަކަށް އިޢުލާންކޮށްފައެވެ. އެގޮތުން އިޢުލާން ކޮށްފައިވާ މަޤާމްތަކަކީ، ދިއްގަރު ދާއިރާގެ ސެކްރެޓަރީ ކަމުގެ މަޤާމަށާއި، ދިއްގަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު ކަމުގެ މަޤާމަށާއި، ދިއްގަރު ދާއިރާގެ މައުލުމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީ ކަމުގެ މަޤާމަށާއި، ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު ކަމުގެ މަޤާމަށާއި، ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ ކަމުގެ މަޤާމަށާއި، ފުވައްމުލަކު މެދު ދާއިރާގެ ސެކްރެޓަރީ ކަމުގެ މަޤާމަށާއި، ފުވައްމުލަކު ދެކުނު ދާއިރާގެ ސެކްރެޓަރީ ކަމުގެ މަޤާމަށާއި، މާފަންނު ދެކުނު ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީކަމުގެ މަޤާމެވެ.

މި މަޤާމްތަކުގެ އިންތިޚާބް އަންނަ ފެބްރުއަރީ މަހުގެ 15 ދުވަހު ބޭއްވުމަށް އިންތިޚާބާއި ބެހޭ ކޮމެޓީން ހަމަޖައްސާފައިވާއިރު، މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 31 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހަޅުއްވަން ޖެހެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެކަމަށް ސެކްރެޓޭރިއޭޓުން މަޢުލޫމާތުދެއްވައެވެ.