“ވަޢުދާއި ހިނގުން” މާލޭގައި ފަށައިފި.

vaudhaahingunmachangolhi2112013 (18)

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރާވާ ހިންގާ، މާލޭގެ “ވަޢުދާއި ހިނގުން” ދިވެހި ރާއްޖޭގެ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ ، މައްޗަންގޮޅީ އުތުރު ދާއިރާގައި މިއަދު ފަށްޓަވައި ދެއްވައިފިއެވެ.

“ވަޢުދާއި ހިނގުމުގެ” މަގްސަދަކީ އެމްޑީޕީގެ ވަޢުދުތަކާއި އެވަޢުދުތައް ފުއްދިފައިވާ މިންވަރު ދެނެގަނެ ކުރިޔައްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ރައްޔިތުންގެ ހާލު ދެނެގަތުމެވެ. އަދި ބަގާވާތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން ހީނަރުވެފައިވާ މިންވަރުވެސް ދެނެގަތުމެވެ.

ވައުދާއި ހިނގުމުގެ ޕްރޮގްރާމްގައި މުޅި މާލެ ދާއިރާގެ ކޮންމެ ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދާއިރާއެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު “ކަންމަތީ ސްޕީޗް” ދެއްވާނެއެވެ. އަދި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްގައިވެސް ރިޔާސީ ކެނޑިޑޭޓް ބައިވެރިވެވަޑައިގަންނަވާނެއެވެ.