ވަޢުދާއި ހިނގުން މާދަމާ މާލޭގައި ފެށޭނެ

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ ވަޢުދުގެ ދަތުރުގެ މާލޭގެ ބައި “ވަޢުދާއި ހިނގު” މާދަމާ މާލޭގައި ފެށިގެން ދާނޭކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން ޕާޓީގެ އިސް ފަރާތަކުން ވިދާޅުވީ، ދޮރުން ދޮރަށް ހިނގުމުގެ ބޭނުމަކީ ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެންމެ ރަނގަޅަށް ދެނެގަތުން ކަމަށެވެ. އަދި މި ހިނގާލުމުގައި ނެގޭ މަޢުލޫމާތުތަކަކީ، މެނިފެސްޓޯ އެކުލަވާލާއިރު ބޭނުންކުރެވޭނޭ މަޢުލޫމާތު ކަމަށް ވެސް އެފަރާތުން ވިދާޅުވިއެވެ.

މާދާމާ ދޮރުން ދޮރަށް ހިނގާލުން އޮތީ މައްޗަން ގޯޅި ދެކުނު ދާއިރާގައެވެ. ހެނދުނު 9:00 ޖަހާއިރު ފެށޭ މި ކެމްޕެއިން ފެށޭނީ މއ. ކުރިނބީ ގެއިން ކަމަށް އެފަރާތުން ވިދާޅުވިއެވެ.