އިއުލާނު: އެމްޑީޕީގެ އެތެރޭގެ އިންތިހާބު

iulaan

MDP/2013/I-003

އެމްޑީޕީގެ އެތެރޭގެ އިންތިހާބު

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 15 ފެބުރުއަރީ 2013 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 31 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ހޯރަފުށި ދާއިރާގެ ރައީސް.
2. ކުޅުދުށްފުށި ދެކުނު ދާއިރާގެ ރައީސް.
3. ދިއްގަރު ދާއިރާގެ ރައީސް
4. ދިއްގަރު ދާއިރާގެ ސެކްރެޓަރީ
5. ދިއްގަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
6. ދިއްގަރު ދާއިރާގެ މައުލުމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީ
7. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
8. ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ
9. ފުވައްމުލަކު މެދު ދާއިރާގެ ސެކްރެޓަރީ
10. ފުވައްމުލަކު ދެކުނު ދާއިރާގެ ސެކްރެޓަރީ
11. މާފަންނު ދެކުނު ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީ

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 20 ޖެނުއަރީ 2013