ސުލްޙަވެރި އެއްވުމުގައި 3 މީހަކު ހައްޔަރުކޮށްފި

ބަޤާވާތުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް އަރާ ހުންނެވި މުޙައްމަދު ނާޒިމް ރޭ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޒިރުކުރުމާއި ދިމާކޮށް މަޖިލިސްކުރާ ގޭދޮށަށް ރޭ އެއްވި މީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ ނާޒިމް ކޮމެޓީއަށް ހާޒިރު ކުރުމާއި ގުޅިގެން އެއްވި މީހުންވަނީ އެސަރަހައްދުގައި ސަރުކާރަށާއި ނާޒިމްއާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ރޭ ކޮމެޓީއަށް ހާޒިރުވި ނަމަވެސް ނާޒިމް ވަނީ ކޮމެޓީއަށް ޖަވާބު ދާރީވުމަށް އުޒުރުވެރިވެފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަކީ އެ ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ބޭފުޅާގެ ގާނޫނީ ވަކީލުން ލަފާދެއްވާފައިވާތީއެވެ.