މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް ދާއިރާތަކުގައި ހުއްޓުމެއް ނެތި ކުރިއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރު ކުރުމަށް މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ނާޒިމް 27 ޑިސެމްބަރުގައި އޮތް ޤައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްވުމާއި ގުޅިގެން މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް ހުއްޓުމެއް ނެތި ވަރަށް ފޯރީގައި ދާއިރާތަކުގައި ކުރިއަށް އެބަދެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤް ވަނީ، އެމްޑީޕީއަށް ވަނުމަށް އެދޭ 70 މެމްބަރުންގެ ފޯމް ޕާޓީ އޮފީހަށް ހުށަހަޅާފައެވެ. އަދި ކުރިއަށް އޮތްތާގައި އެ އަދަދު އިތުރުވެގެން ދާނޭކަމަށް ވެސް އެފަރާތުން އެމްޑީޕީ ވެބް ސައިޓަށް މަޢުލިމާތުދިނެވެ.
މީގެ އިތުރުން ދެކުނު ޕޮރިވިންސުން ވަނީ، 189 މެމްބަރޝިޕް ފޯމް އިއްޔެގެ ނިޔަލަށް ހުޅަހަޅާފައެވެ. އަދި މިހާރު ވެސް ފޯމް ފުރުމުގެ ކަންތައް ރަށު ތެރޭގައި ކުރިއަށް ދާކަމަށް ޕްރޮވިންސް އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި ލ. ގަމުގެ ފިނި ރޯޅި، އިބްރާހިމް ޝިހާބް ވަނީ ޕާޓީއަށް 55 މެމްބަރުން ވައްދާފައެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850 ) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.