އެމްޑީޕީގެ ޗެއަރޕާސަން ޤައުމީ ދުވަހުގެ ތަހުނިޔާ ދެންނެވުން

Reeko @ Addu City (6)

މިއަދު ފާހަގަކުރަމުން ދާ ދިވެހިރާއްޖޭގެ 70 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރ ޝިޕްގެ ނަމުގައާ އަޅުގަނޑުގެ އަމިއްލަ ނަމުގައި، މި ޕާޓީގެ ލޮބުވެތި އެންމެހާ މެމްބަރުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އިޚްލާސްތެރިކަމާއި އެކު އަރިސްކުރަމެވެ.

އަޅުގަނޑުމެން މިއަދު ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި، ޤައުމިއްޔަތު މުގުރާލުމަށް 7 ފެބްރުއަރީގައި ބަޢާވާތަކުން ވެރިކަމަށް އަރާ ތިއްބެވި ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމީ، މުޅި ޤައުމު އެކަމާއި ހިތާމަކޮށް ކަރުނަ އަޅާކަމެކެވެ. 30 އަހަރުގެ ޚުދު މުޚްތާރުވެރިކަމަށް “ނޫނޭކޭ” ބުނެ، ރައްޔިތުން ފޮނި އުއްމީދުތަކަކާއި އެކު ގެނައި ރައްޔިތުންގެ ވެރިކަން، ބަޔަކު މީހުން ނުކުމެ އަމިއްލަ ފައިދާއަށް، އެވެރިންގެ ސިޔާސީ އެޖެންޑާ ޙާސިލް ކުރުމަށް ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަކީ އެކަމާއި މި ޕާޓީން ކަންބޮޑުވާކަމެކެވެ.
އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކަކީ އެމްޑީޕީގެ މެމްބަރުންނަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށް ފާގަތި ދުވަސްތަކަކަށް ވެގެން ދިއުމެވެ. އަދި ދިވެހި ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަން ލިބެދެން މި ޕާޓީން ކެނޑިނޭޅި މަސައްކަތް ކުރާނޭކަމުގެ ޔަޤީސްކަން ވެސް
އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ.