އަމިއްލަ ދަތުރުފުޅެއްގައި މިހާރު ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިރޭ ރާއްޖެ ވަޑައިގެނަންވާނެއެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީއެވެ. ހުސްވި މަހުގެ 21 ވަނަ ދުވަހު ރައީސް ނަޝީދު ކޯޓުގެ ހުއްދައާ އެކު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވަން އުޅުއްވުމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވަނީ އެމަނިކުފާނަށް ފުރަވަޑައި ނުގަނެވޭނޭކަމަށް އަންގާ، އެކަން ޤާނޫން އަސާސީއާ ޚިލާފަށް ހުއްޓުވާފައެވެ.
އޭގެ ފަހުން އެމަނިކުފާނު ފުރައިވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މިރޭ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީގެ މެމްބަރުންނާއި، އެމްޑީޕީއަށް ތާޢީދު ކުރައްވާ ހުރިހާ ފަރާތްތަކުން މިރޭ 10:00ށް 4 ނަންބަރު ޖެޓީއަށް ވަޑައިގެންދެއްވުން އެދެމެވެ.