އިއުލާނު: އެމްޑީޕީ އިންތިޚާބު – އިންތިހާބުތަކުގައި ހަރަކާތްތެރިވާނެ އޮބްޒާވަރުންނަށާއި މަންދޫބުންނަށް ފުރުސަތު ހުޅުވާލުން.

iulaan

އެމްޑީޕީ އިންތިޚާބު – އިންތިހާބުތަކުގައި ހަރަކާތްތެރިވާނެ އޮބްޒާވަރުންނަށާއި މަންދޫބުންނަށް ފުރުސަތު ހުޅުވާލުން.

މި ޕާޓީން ޖެނުއަރީ 12 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމުގައި ހަރަކާތްތެރިވާން ބޭނުންވާ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތް ތަކަށް އެފުރުސަތު ހުޅުވާލައިފީމެވެ.

މި އިންތިހާބުތަކުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށާއި މޮނީޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކަށްވެސް އެފުރުޞަތުވަނީ ހުޅުވާލާފައެވެ. މޮނީޓަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށެވެ.

މި އިންތިހާބު ތަކުގައި އޮބްޒަރވަރުން، މަންދޫބުން އަދި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް މިޕާޓީގެ ސެކްރެޓޭރިއަޓް އަށް 10 ޖެނުއަރީ 2013 ވާ ބުުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާާޓީގެ ސެކްރެޓޭރިއަޓް އިންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 09 ޖެނުއަރީ 2013