ތުލުސްދޫގައި އެމްޑީޕީގެ ދިދަ ނެގުން މިއަދު ހަވީރު

ކ. ތުލުސްދޫގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު އުންމީދީ ގޮފީގެ ރައީސް އިސްމާޢިލް އާމިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތުދެއްވަމުން ޢާމިރު ވިދާޅުވީ، ތުލުސްދޫ އަތިރިމަތީގައި އެމްޑީޕީގެ ދިދައެއް ނެގުމަށް މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ.

“އަޅުގަނޑުމެން މިކަން ކުރަން އުޅޭތާ ވަރަށް ދުވަސްވެއްޖެ. އެހެން ނަމަވެސް މިފަހަރު އަޅުގަނޑުމެން ބޭނުންވީ އެހެން އެއްވެސް ޕާޓީއެއްގެ ބަޔަކާއި އަރާރުން ވާންނުޖެހި، އެކުވެރިކަމާއި އެކު މިކަން ނިންމާލަން. ކުރިން އަޅުގަނޑުމެން ނެގި ދިދައެއް ބަޔަކު ވަނީ ހަލާކުކޮށްލާ އެއްލާލާފައި.” އާމިރު ވިދާޅުވިއެވެ.

އާމިރު އިތުރަށް ވިދާޅުވީ، މި ދިދަ ނެގިކަމުގައި ވިޔަސް، އެމްޑީޕީގެ ބޮޑު ދިދައެއް ނެގުމަށް 80 ފޫޓުގެ ޓަވަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ވަރަށް ފޯރީގައި ކުރަމުން ދާކަމަށާއި، އެ ޓަވަރުގައި 14 ފޫޓުގެ ދިދައެއް ކުރިއަށް ދެމަސް ދުވަހުގެ ތެރޭގައި ނެގޭ ވަރު ވާނޭކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަކީ ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓިތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.