ވިލި މާފަންނު ދާއިރާގެ ރައީސްކަމަށް 4 ބޭފުޅަކު ކުރިމަތިލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިލި މާފަންނު ދާއިރާގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މާފަންނު ދާއިރާގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ، މ. އަލިމަސްވާދީ، އަބްދުލް މަޖީދު ޝަމީމް އާއި މއ. ހަތާ، އަހުމަދު ޚަލީލް އާއި މއ. ނާރިނގުގެ، މުޙައްމަދު އިބްރާހިމް މަނިކު ގެ އިތުރުން ދަފްތަރު 3699، އަހުމަދު ފާއިޒު އެވެ.
މީގެ އިތުރުން އެ ދާއިރާގެ ނައިބް ރައީސްކަމަށް 2 ބޭފުޅަކާއި، ސެކްރެޓަރީ ކަމަށް ވެސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ނައިބް ރައީސްކަމަށް ކުރިމަތިލައްވާފައިވާ 2 ފަރާތަކީ ވެސް އަންހެން ކަނބަލުންނެވެ. އެއީ ވ. ދަރެސް، ފާތިމަރު ޔުމްނާ އާއި ވ. ނަސްރު ހަމްނާ ވަޙީދު ސެކްރެޓަރީ ކަމަށް ކުރިމަތިލާފައިވަނީ، ވ. ވެރޯނިކާ، ހަސަން ނަބާޙު އެވެ.

މި އިންތިޚާބް ތަކުގައި ވޯޓް ލެވޭނީ ޕާޓީގެ އިންތިހާބާއި ބެހޭޤަވާއިދުގެ 5.2 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން 06 ޖެނުއަރީ 2013 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓަރީވެ މެންބަރުންގެ ގޮތުގައި ދެމިތިއްބަވާ ދާއިރާ ބޭފުޅުންނަށް އެކަންޏެވެ.