އެމްޑީޕީގެ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ އޮންނާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޢާންމު ބޮޑު ޖަލްސާއެއް ނުބާއްވާތާ އެތައް ދުވަހަކަށް ފަހު، ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕާޓީން ނިންމައިފި އެވެ.

މި މަހުގެ 11ވަނަ ދުވަހުގެ ރޭ ކާނިވަލު ސްޓޭޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، ޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުންނާއި، ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވާހަކަފުޅު ދައްކަވާނެއެވެ.

މި ޖަލްސާގައި ޖަލްސާގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.

މި ޖަލްސާ ފެށޭނީ 11 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.