ރަޖިސްޓްރީ ކުރުމުގެ ހުރިހާކަމެއް ސުންގަޑީގެ ކުރިން ނިންމާލެވޭނެ – ގައްދޫ ދާއިރާގެ ރައީސް

ގދ. އަތޮޅު ކައުންސިލްގެ (ގައްދޫ ދާއިރާ) ހުސްވެފައިވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަނަށް ތައްޔާރުވުމުގެގޮތުން މިހާރު ކުރިއަށް ދަނީ އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މާލޭގައ ދިރިއުޅޭ ފަރާތްތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށާއި ސުންގަޑީގެ ކުރިން އެ މަސައްކަތް ނިންމާލެވޭނޭކަމަށް އެދާއިރާގެ ރައީސް އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތު ދެއްވަމުން ޒާހިރު ވިދާޅުވީ، އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެނޑިޑޭޓްގެ ޑޯޓުޑޯ ކެމްޕެއިން ވެސް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކެނޑިޑޭޓް ތަޢާރަފްކޮށްދިނުމަށް ގައްދޫއާ ވާދޫއަށް ވަރަށް އަވަހަށް ދަތުރު ފަށާނޭކަމަށެވެ.

ގދ. އަތޮޅު ކައުންސިލްއިން ހުސްވެފައިވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހުއެވެ.