![ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ރައީސް ޝާތިރު ޢަބްދުއް ރަހްމާން އެމްޑީޕީގެ ޖަލްސާ އެއް ގައި ވާހަކަ ދައްކަވަނީ](http://mdp.org.mv/wp-content/uploads/2011/05/shathir-450-x-307.jpg)
ދ. އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަނަށް ތައްޔާރުވުމުގެގޮތުން މިހާރު ކުރިއަށް ދަނީ އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މާލޭގައ ދިރިއުޅޭ ފަރާތްތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށް ދ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަޙްމާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތު ދެއްވަމުން ޝާތިރު ވިދާޅުވީ، މާލޭގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ޑޯޓުޑޯ ކެމްޕެއިންއާ ވެސް އެކުގައި ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް މާލޭގައި އެ ދާއިރާގެ ރައްޔިތުން ދިރި އުޅޭ 78 ގެއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ޝާތިރު އިތުރަށް ވިދާޅުވީ، ދައިރާގެ ރަށްތަކުގައި ޑޯޓޮޑޯ ކެމްޕެއިން އަންނަ އާދިއްތަ ދުވަހު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަމުން ދާކަމަށެވެ. އެގޮތުން ފައިލްތައް މިހާރު ރަށްތަކަށް ފޮނުވިފައިވާއިރު، ކެމްޕެއިންގެ ހަރަކާތްތަކުގައި އުޅުމަށް ޓީމްތައް ވެސް އެކުލަވާލާފައިވާ ކަމަށް ޝާތިރު ވިދާޅުވިއެވެ.
ދ. އަތޮޅު ކައުންސިލްއިން ހުސްވެފައިވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ މިމަހުގެ 26ވާ ހޮނިހިރު ދުވަހުއެވެ.