ދ. އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާނީ ޔޫސުފް ސަޢީދު

ދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ދ. މާއެނބޫދޫ ޝަބްނަމްގެ ޔޫސުފް ސަޢީދު ކަމުގައި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ކަނޑައަޅައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބާއި ބެހޭ ފޯކަލް ޕޮއިންޓް އަހުމަދު އަކުރަމް ވިދާޅުވީ ޔޫސުފް ސަޢީދު އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، ޔޫސުފް ސަޢީދުގެ ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ލިބިވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ގދ. އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ ގދ. ގައްދޫ ހަނދުވަރީ އައްސޭރި އަހްމަދު ނާފިޢު ކަމަށްވެސް އިންތިޙާބާއި ބެހޭ ކޮމެޓީން ވަނީ ނިންމާފައެވެ.

ދ. އަތޮޅު ކައުންސިލް އަދި ގދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 2013 ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހު އެވެ.