އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 134 ވަނަ ބައްދަލުވުން ބާއްވައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 134 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުންނާއި ސެކްރެޓޭރިއަޓްގެ ފަރާތުން ވެސް ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުއެރުވިއެވެ. އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުދެއްވީ އެ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ސޯލިޙް އެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.